ރިނބުދޫ ސްކޫލު ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފި

ކިޔުމަށް ހޭދަވާނީ 57ސ
ރިނބުދޫ ސްކޫލު ދަރިވަރުންނަށް  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރިނބުދޫ ސްކޫލު ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ހެނދުނު ރިނބުދޫ ސްކޫކުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދ. ރިނބުދޫ ސްކޫލާއި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އެސްކޫލުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައިމަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ދަރިވަރުންނަށް އެނގެންޖެހޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި މަގުމަތީގައި ބޭނުންކުރާ ޓްރެފިކް ނިޝާންތަކާއި އެ ނިޝާންތައް ބޭނުންކުރަންޖެހޭ ހާލަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ރިނބުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ޓްރެފިކާ ގުޅުންހުރި މަޢުލޫމާތުތަކުގެ އިތުރުންވެސް އިންޓަރނެޓް ބޭނުންކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ރިނބުދޫ ސްކޫލުގެ ގްރޭޑް 1 ން 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ 49 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން