ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ” ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް” ގެ މި އަހަރުގެ ހަތަރު ވަނަ ބުރު ފަށައިގެން ކުރިއަށް އެބަދެއެވެ.

އޮގަސްޓް މަހުގެ 4 ން 8 އަށް ހެންވޭރު ބޯޅަގޭގެ ސެމިނަރ ރޫމްގައި ކުރިއަށްދާ މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުމަތީގެ އަދަބުތަކާއި ޓެކްސީ ކުރުމުގެ ޤަވާއިދާއި ޓެކްސީ ކުރުމުގައި ޑްރައިވަރުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކަމާގުޅުންހުރި ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ. މި ޕްރޮގްރާމުގައި 315 ޓެކްސީ ޑްރައިވަރުން ބައިވެރިވެއެވެ.

މިއަދު އޮންލައިން