މީދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް!!

ކިޔުމަށް ހޭދަވާނީ 52ސ
މީދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް!!

 ރ.  މީދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން މީދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިއްޔެ ހެނދުނު ހިންގި މިއޮޕަރޭޝަންގައި، މީދުއަށް އައި އެބޯޓު ބަލައިފާސްކުރިއިރު، އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން، މަސްތުވާތަކެތިކަ ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މީގެ އިތުރުން މާލެއިން ފުރައިގެން މީދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޖުލައި 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެބޯޓު ބަލައިފާސްކުރި އިރު އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި އޮތް ބެޓަރީ ހޯވަރބޯޑެއްގެ ތެރެއިން، މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި ދެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

މިއަދު އޮންލައިން