ކުޅުދުއްފުށި އެއާޕޯޓަށް ހުކުރު ދުވަހުން ފެށިގެން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަނީ

ކިޔުމަށް ހޭދަވާނީ 42ސ
ކުޅުދުއްފުށި އެއާޕޯޓަށް ހުކުރު ދުވަހުން ފެށިގެން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަނީ

އަންނަ ހުކުރު ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ޤައުމޯ އެއާލައިން "މޯލްޑިވިއަން" ގެ ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ކުޅުދުއްފުށްޓަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު މޯލްޑިވިއަނުން ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށެވެ.

ކުޅުދުއްފުށި އެއާޕޯޓްގެ ރަންވޭ ނިންމާ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަސްތެރޭގައި އެރަންވޭއަށް ޓެސްޓް ފްލައިތް ޖެއްސި ނަމަވެސް، ޓަރމިނަލް ނިނުމުމުގެ ސަބަބުން އާންމު ދަތުރުތައް ނުފެށި ވަނީ ގިނަ ދުވަސް ވެފައެވެ.

އެއަރޕޯޓް ޓަރމިނަލާއި ފަޔަރ ސްޓޭޝަން ނިންމުމަށްފަހު ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާއިރު، މިއީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

މިއަދު އޮންލައިން