މާއްދާ 370 އުވާލުމުން އުފާފާޅު ކުރުމަށްފަހު، އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރ މަރުވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 26ސ
މާއްދާ 370 އުވާލުމުން އުފާފާޅު ކުރުމަށްފަހު، އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރ މަރުވެއްޖެ!

އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރ އަދި އެޤައުމުގައި ވެރިކަންކުރާ ބީޖޭޕީ ގެ އިސްމީހެއް ކަމުގައިވާ ސުޝްމާ ސްވަރާޖް މަރުވެެއްޖެއެވެ. 

ސުޝްމާ މަރުވުމުގެ ކުރިން، އޭނާ ވަނީ އިންޑިއާ ސަރުކާރުން މާއްދާ 370 އުވާލާ ކަޝްމީރްގެ މުސްލިމުން ގަތުލުކުރަމުން ގެންދާތީ އެކަމާއި އުފާފާޅުކޮށް، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަރުހަބާ ވެސް ކިޔާފައެވެ.

އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި ސުޝްމާ މަރުވީ ކުއްލި ގޮތަކަށް ހިތް ހުއްޓިގެންނެވެ. އޭނާ މަރުވީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އޭއައިއައިއެމްއެސް) ގައެވެ. މަރުވިއިރު އުމުރަކީ 67 އަހަރެވެ.

އިންޑިއާ ސިފައިން އިއްޔެއިން ފެށިގެން ކަޝްމީރްގެ މުސްލިމުން ނައްތާލުމަށް ދެމުން ގެންދިޔަ ހަމަލާތަކަށް އުފާކުރަމުން ސުޝްމާ މަރުވުމުގެ ކުރިން ބުނެފައިވަނީ އެއީ އޭނާ "ވަރަށް ދެކެން ބޭނުންވި ދުވަހެއް" ކަމަށެވެ.

މިއަދު އޮންލައިން