ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަގުތަކާމެދު މިހާރު އެއްވެސް މައްސަލައެއް ނެތްކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.
ނޫސްވެރިންނާ ބައްދަލުކޮށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަގުތަކާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އަދި އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ވެސް ޑްރައިވަރުންގެ މައްސަލައެއް ނެތް ކަމަށެވެ.
''ކުރިން މައްސަލައަކަށް ވަނީ ސަރުކާރުންވެސް އެންމެ ފުރަތަމަ ދެއްކި މީޓަރު ހަރުކުރާ ވާހަކަ. މީގެ ކުރިން މަޝްވަރާ ވެސް ކުރެވުނީ އެކަމަށް.'' އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.
އަދި ޑްރައިވަރުން މިހާރު ބޭނުންވަނީ ވެސް ޓެކްސީ މީޓަރު ހަރުކުރުމަށް ކަމަށާއި މީޓަރު ހަރުކުރުމަށް މިނިސްޓްރީން ނިންމައިފި ނަމަ އެމީހުން ތިބީ އަމިއްލަ ޚަރަދުގައިވެސް އެކަން ކުރުމަށް ތައްޔާރަށް ކަމަށެވެ.
ޓެކްސީކުރުމުގެ އާއުސޫލާމެދު ހިތްހަމަނުޖެހި، މާދަމާ އިހުތިޖާޖުކުރާ ވާހަކަތައް ޑްރައިވަރުން ވަނީ ދޮގުކޮށްފައެވެ.
މިރޭ 12:00 އިން ފެށިގެން އާއަގުތަކަށް އަމަލު ކުރަންފަށާނެއެވެ.