އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ފަސް ފަރާތަކަށް މަޖިލީހުން ރުހުން ދީފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި މެމްބަރުން ރުހުން ދީފައިވަނީ އެންމެ މަތިން މާކްސް ލިބުނު ހަތަރު ފަރާތަކަށާއި ހަތްވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ފަރާތަށެވެ. ނަމަވެސް އެންމެ މަތިން މާކްސް ލިބުނު ދެވަނަ ފަރާތް ކަމަށްވާ އާދަމް ޝާމިލްއަށް ބޭނުންވާ އަދަދަށް ވޯޓެއް ނުލިބުނެވެ.
އޭސީސީ އަށް ރުހުން ލިބުނު މެމްބަރުންނާއި ލިބުނު ވޯޓުގެ އަދަދު:
· އިބްރާހިމް ޝަކީލް / ދަފްތަރު ނަމްބަރު 3654 - 69 ވޯޓު
· ފާތިމަތު އަނޫލާ / ގ ވޮޑިނޮޅުގެ - 69 ވޯޓު
· މަރިޔަމް ޝިއުނާ / ނެދުންގެ، ސ. ހިތަދޫ - 69 ވޯޓު
· އައިޝަތު އަބްދުﷲ / ރޯލްގޯލްގެ، ޅ. ހިންނަވަރު - 68 ވޯޓު
· އަލީ އަޝްރަފް / ދަފްތަރު ނަމްބަރު ރސ 3366 - 70 ވޯޓު
އޭސީސީ އެކުލުވިގެން ވަނީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށެވެ.