ޕާކިސްތާން އެމްބަސީއަށް މީގެ ތިން މަސް ކުރިން ހުށަހެޅި ޕްރޮޕޯސަލެއް ދަށުން އެސްކޫލަށް ބޭނުންވާ 1.3 މިލިއަން ރުފިޔާގެ ބައެއްތަކެތި ޕާކިސްތާން އެމްބަސީން ހަދިޔާކޮށްފިއެވެ.
މިތަކެތި އިސްކަންދަރު ސްކޫލާއި ހަވާލުކޮށްދެއްވީ މިއަދު އެސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަސީމް އަކްރަމް އެވެ. މިތަކެއްޗާ އިސްކަންދަރު ސްކޫލުން ހަވާލުވެލެއްވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު އެވެ.
ޕާކިސްތާނުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އެ ސްކޫލުގެ ހޯލުގައި ބެހެއްޓުމަށް ހަދިޔާ ކުރި 55 އިންޗީގެ 16 ޑިޖިޓަލް ޓީވީ ވޯލް އަކާއި ކޮމްޕިއުޓާ ސިސްޓަމަކާއި 150 އެކްސެކިއުޓިވް ޗެއާ އާއި ޒަމާނީ ސައުންޑް ސިސްޓަމަކާއި މީގެ އިތުރުން ކާޕެޓާއި ކްލާސްތަކުގައި ބޭނުންކުރުމަށް 58 އިންޗީގެ އަށް ޓީވީވެސް ހިމެނެއެވެ.
How beautiful a day can be, when kindness touches it!
— Iskandhar School (@Iskandhar_MV) August 7, 2019
We the management, teachers and students are indeed grateful to HE Ambassador of Pakistan and the People of Pakistan for their kindness and generosity. @EducationMV pic.twitter.com/uSRydURLlp