ހުޅުމާލޭގައި ހިންގަމުންދާ ފިޔަވަތީގެ ފާރު މައްޗަށް އަނެއްކާވެސް ދައުލަތުގެ ބަލުމުގެ ދަށުގައިތިބި ކުޑަކުދިންތަކެއް އެރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފިޔަވަތީގެ ފާރު މައްޗަށް އެކުދިންތައް އަރައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމު ވެފައެވެ.
މިކަމާއި ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންތަކެއް ފިޔަވަތީގެ ފާރުމައްޗަށް އަރައިގެން އުޅޭތަން ފެންނަ ފޮޓޯތަކަކީ ސައްޙަ ފޮޓޯތަކެއް ކަމަށެވެ.
މިފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގަމުންދާތީ މިކަން ހުއްޓުވުމަށް އަދި ތަކުރާރުވިޔަ ނުދިނުމަށް ޓަކައި މިނިސްޓްރީން މިދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން. ހަމައެހެންމެ ކަމާ ގުޅުން ހުރި އިތުރު މުވައްސަސާތަކާ އެކު މަސައްކަތް ވެސް ކުރަމުން." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.