ނުރައްކާތެރި ގޮތަކަށް އިމާރާތެއްގެ 5 ވަނަ ފަންގިފިލާގެ ބޭރު ފާރުގަ "ތާށިވި" 6 އަހަރުގެ ކުއްޖަކު ކެރޭ 2 ބުއްދިވެރިންގެ މަސައްކަތުން ހަމަ އެހައިމެ ނުރައްކާތެރިކަން ބޮޑު ރިސްކެއް ނަގައިގެން ސަލާމަތްކޮށްފި އެވެ.
6 އަހަރުގެ ކުއްޖާ އިމާރާތެއްގެ 5 ވަނަ ފަންގިފިލާއެއްގައި ހުރި ހެދުން ވިއްކާ ފިހާރައެއްގެ ފާޚާނާއަށް ވަން ތަނާ ބޭރުން ތަޅުލެވި ދޮރު ބަންދުވުމުން ކުއްޖާ މަސައްކަތްކުރީ ކުޑަދޮރުން އިމާރާތުގެ ބޭރަށް ފައިބައިގެން ސަލާމަތްވެވޭނެ ގޮތެއް ހޯދުމަށެވެ. ނަމަވެސް ސަލާމަތްވެވޭނެ ގޮތެއް ނުފެނި ހުއްޓައި ޗެޗްނިޔާގެ 2 ޒުވާނަކު ވަނީ އެމީހުންގެ ފުރާނަ އަތަށް ލައިގެން އެ ކުއްޖާ އެތަނުން ސަލާމަތްކޮށްފައެވެ.
އެ 2 ޒުވާނުންނަށް ޤައުމީ ބަޠޮލުންގެ ދަރަޖަ ދީ ރަސިއާގެ ޓީވީތަކުން ވަނީ ދައްކައިފައެވެ.
ވީޑިއޯ ބައްލަވާލައްވާ: