ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާއި ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު ފަނޑިޔާރު ކަމުން ވަކިކޮށްދިނުމަށް މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށް އޭނާގެ މައްސަލަ ބެއްލެވި ތަހުގީގު ކޮމިޓީން ނިންމައިފިއެވެ.
ޖޭއެސްސީގެ މި ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބުނާ ގޮތަށް ތަހުގީގް ރިޕޯޓަށް ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުއްދަތެއް ދެ ފަނޑިޔާރުންނަށް ވެސް ދިނުމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ހައިކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދުގެ މައްސަލައެއް ވެސް ބަލަން ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.
ގާޒީ ހަސަން އާއި ރާޣިބު ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީއަށް ލަފާދީފައިވާއިރު، މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ދުރުކުރުމަށް ވެސް މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމައިފައެވެ.