އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ!

އީދު ދުވަހުގެ ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަމާގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ ވެހިކަލް ދުއްވުން މަނާކޮށްފައިވަނީ އެ ދުވަހުގެ ހަވީރު 16:30 އިން 18:30 އާއި ހަމައަށް ކަމަށެވެ.

އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާކުރަން ނިންމީ މާލޭގެ މަގުތައް ކުޑަވަގުތުކޮޅަކަށް އިންޖީނުލީ ދުއްވާ ވެހިކަލްތައް ދުއްވުން މަނާކުރުމުން، ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ އެއްބާރުލުން ލިބިފައިވާތީ ކަމަށެވެ.

މި ނިންމުމާއި ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުންފައެވެ.

މިއަދު އޮންލައިން