ތެލެސީމިއާ ކުއްޖަކު އަނެއްކާވެސް ނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 41ސ
ތެލެސީމިއާ ކުއްޖަކު އަނެއްކާވެސް ނިޔާވެއްޖެ

 

ތެލެސީމިއާ ކުއްޖަކު އަނެއްކާވެސް ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އދ. މާމިގިއްޔަށް ނިސްބަތްވާ ޢުމުރުން 18 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެކުއްޖާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އިންޑިއާގެ ބެންގަލޯރުގެ ހޮސްޕިޓަލެއްގައި ބޯންމެރޯ ހެދުމަށްފަހު ފަރުވާދެމުންދިޔަ ކުއްޖެއް މިކުއްޖާ ނިޔާވީ ރޭ ފަތިހު ކަމަށާއި ނިޔާވެފައިވަނީ އިންޑިއާގެ ‘މެނިޕަލް ހޮސްޕިޓަލް” ގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސްވަނީ މަޢުލޫމާތު ލިބިފައެވެ.

މި ހަފުތާގައި މާމިގިއްޔަށް ނިސްބަތްވާ 17 އަހަރުގެ ކުއްޖަކުވެސް މާލޭގައި ނިޔާވެފައިވާ އިރު، މިއީ ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ނިޔާވި ތެލަސީމިއާ 9 ވަނަ ކުއްޖާއެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ހަގީގަތް ބެލުމަށް ތެލަސީމިއާ ސޮސައިޓީއިން ވަނީ ގޮވާލާފައެވެ.

މިއަދު އޮންލައިން