ކަފިހި ހުރަސްމަތިން ހުރަސްކުރަނިކޮށް 17 އަހަރުގެ އަންހެން ކުއްޖާގެ ގައިގައި ސައިކަލުން ރޭ ޖެއްސި މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުކޮށްފިއެވެ. ވީޑިއޯ އިން ވަރަށް ސާފުކޮށް ފެންނަ ގޮތުގައި ސައިކަލް ދުއްވާފައި އައިސް ކަފިހިހުރަސް މައްޗަށް އެރުވީ އަންހެން ކުއްޖާ ހުރަސްކުރަނިކޮށެވެ. އެކަން ހިނގަން މެދުވެރިވީ ޓެރފިކް ނުވަތަ ހިނގާ މީހުންގެ ބާރުބޮޑުވެ ސަލާމަތްނުވެގެނެއްވެސް ނޫނެވެ.
ދުއްވާ މީހުންގެ ފަރުވާ ކުޑަވުމުން، ޚާއްޞަކޮށް ކަފިފިހުރަސް މަތިން ހުރަސްކުރާ މީހުންގެ ގައިގައި ޖެއްސުމުގެ ހާދިސާތައް ގިނަވެ މީހުން މަރުވެ އަދި ބޮޑެތި އަނިޔާތައް ލިބެމުންދާއިރުވެސް މިބާވަތުގެ ކޮންމެ އެކްސިޑެންޓަކާއި ގުޅިގެން ވެސް ތަފާތު ބަހަނާތައް ދައްކާ މީހުން ވަރަށް ގިނައެވެ. މީހުންގެ ގައިގާ ޖައްސާ މީހުންގެ ހިމާޔަތުގައި ތެދުވާ މީހުން ވެސް ވަރަށް ގިނައެވެ.
ޤަވާއިދާއި ޚިލާފަށް އުޅެން ބޭނުންވާ މީހުންގެ އަދަދު ގިނަވާވަރަކަށް ޤަވާއިދާއި ޚިލާފާށް އުޅޭ މީހުންނަށް ތާއީދުކުރާ މީހުން ދާނީ ގިނަވަމުންނެވެ. އަދި ޤަވާއިދާއި ޚިލާފަށް އުޅެން ބޭނުންވާ މީހުންގެ އަދަދު ގިނަވާވަރަކަށް އަނިޔާ ލިބޭ މީހުންގެ އަދަދުވެސް މިދަނީ ގިނަވަމުންނެވެ.
ފުލުހުން ރޭ ދިން މައުލޫމާތަށްބަލާއިރު އެކްސިޑެންޓްވި އަންހެން ކުއްޖާގެ މެއަށާއި އުނަގަނޑަށް ވެސް އަނިޔާވެފައިވާތީ އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދައިފައެވެ.
Reyga hingi hithaamaveri haadhisaa eh. Anhen kujjaa mivaguthu othee ADK hospital ge ICU ga. Qaanoonaa gavaaidhu hadhaafa hunnanee enmen ge rakkaatheri kamah namaves, qaanoonaa gavaidhah boa nulanbaa meehunge sababun ehen meehunnah bodethi gellun libey! pic.twitter.com/pU1DWpdkoO
— Firash Mohamed (@Phiraash) August 8, 2019