ފްލައިން ސްކޫލްގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ފްލައިން ސްކޫލްގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ!

އައްޑޫ ފްލައިން ސްކޫލުގެ ބޯޓެއް، ޝަންގްރިއްލާ ރިސޯޓު ކައިރި ކަނޑަށް ވެއްޓިއްޖެއެވެ.

މިހާދިސާގައި ބޯޓު ގައި އެވަގުތު ތިބި ދެމީހުން ވެސް ވަނީ ސަލާމަތް ވެފައެވެ. ބޯޓު ވެއްޓުނު އިރު ބޯޓު ދުއްވަންއިނީ މަރަދޫއަށް ނިސްބަތްވާ އަންހެން ކުއްޖަކާއި އިންޑިއާގެ އިންސްޓްރަކްޓަރެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބޯޓު ވެއްޓުނީ އިންޖީނު ހުއްޓިގެންނެވެ. 

ބޯޓު ވެއްޓުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓް ގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވެސް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ. ބޯޓު އޮތީ 8.6 މީޓަރު (28 ފޫޓު) އަޑީގައެވެ.

މިއަދު އޮންލައިން