ކުޅުދުއްފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދަތުރުތައް ފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ކުޅުދުއްފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދަތުރުތައް ފަށައިފި!

ޝެޑިއުލް ދަތުރުތައް ފަށައި ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

ކުޅުދުއްފުއްޓަށް ޝެޑިއުލް ދަތުރުތައް ފުރަތަމައަށް ފަށާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓު Q2 440 އެވެ.

މިފްލައިޓުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސް ބޭފުޅުން ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއެވެ.

ކުޅުދުއްފުށްޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށިއިރު، އަންނަ ހަފުތާގެ ހޮނިހިރު ދުވަހާ ހަމައަށް ޖާގަތައް ފުލްވެފައިވާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށި އެއާޕޯޓް ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ޝެޑިއުލް ދަތުރުތަކެއް ނުފަށަ އެވެ.

މިއެއާޕޯޓުގައި މިވަގުތު ހުރީ ރަންވޭއަކާއި ޓާމިނަލްއެއް އެކަންޏެވެ.

މިއަދު އޮންލައިން