ސަލްޓަން ޕާކަށް ހިލޭ އިންޑިއާ މީހުންނަށް ވަދެވޭގޮތް ހެދުން- ވަކި ޤައުމަކަށް ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ސަލްޓަން ޕާކަށް ހިލޭ އިންޑިއާ މީހުންނަށް ވަދެވޭގޮތް ހެދުން- ވަކި ޤައުމަކަށް ކީއްވެ؟

ރާއްޖޭގަ އުޅޭ އިންޑިއާ މީހުންނާ ދިވެހި ރައްޔިތުން ހަމަހަމަ ކުރުމުގެ ކެމްޕޭން ފަށައި ފުރަތަމަ ކަމެއްގެ ގޮތުން ދިވެހި ރައްޔިތުން ފަދައިން އަގަކާއި ނުލައި ސަލްޓަން ޕާކަށް ވަނުމުގެ ފުރުޞަތު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ސަލްޓަން ޕާކަށް އަގަކާއި ނުލައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ވަދެވޭނެ ގޮތް ހަދަން މަސައްކަތް ފަށައި މިފަދަ ކެންޕޭނެއް ކުރިއަށް ގެންދާއިރު އިންޑިއާގައި ހުރި އަގު ދީގެން ވަންނަން ޖެހޭ ޕާކްތަކަށާއި އެހެން ތަންތަނަށް ދިވެހިން ވަންނަނީ އަގުދީގެންނެވެ. ތާޖްމަހަލަށް ވަދެވެނީ ބިދޭސީން ދޭންޖެހޭ އަގުދީ ބޮޑު އަގުގައި ޓިކެޓް ނަގައިގެންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން ރާއްޖެއަށް ފައިދާއެއް ކުރި ނަމަވެސް އެކަމުގެ ސަބަބުން ޤައުމުގެ އިޤުޠިޞާދީ ކުރިއެރުމަށް ކުރާ އަސަރު އެމްއެމްއޭ އިން ގެންދަނީ ފާހަގަކުރަމުންނެވެ. އަވަށްޓެރި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ދިރިއުޅުމަށް ހުރިހާ ޚަރަދެއް ވެސް ކުރަނީ އެ ޤައުމުތަކުން ފައިސާ ހޯދައިގެނެއް ނޫނެވެ. ރާއްޖެއިން ފައިސާ ގެންގޮސްގެންނެވެ. އެހެންކަމްށްވާއިރު އެ ޤައުމުތަކުގައި ދިވެހިން ދިރިއުޅޭތީ އެ ޤައުމުތަކުގެ އިޤްޠިޞާދަށް ދިވެހިންގެ ސަބަބުން ދާނީ ވަރަށް ބޮޑަށް ފައިދާ ކުރަމުންނެވެ.

މިކެންޕޭނުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ރާއްޖެއަށް އިންޑިއާއިން އެހީތެރިވާ ކަމެވެ. ރާއްޖެއަށް އެހީތެރިވަނީ ވެސް ހަމައެކަނި އިންޑިއާއަކުން ނޫނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަކުން ގެންދަނީ ރާއްޖެއަށް އެހީތެރިވަމުންނެވެ.

ސަލްޓަން ޕާކަށް ރާއްޖޭގައި އުޅޭ ވަކި ޤައުމެއްގެ މީހުންނަށް ހިލޭ ވަދެވޭނަމަ އެހެން ޤައުމުތަކުގެ މީހުންނަށް ވެސް ވަދެވެން ޖެހޭނެ ކަމަށް ޤަބޫލުކުރަން ޖެހެއެވެ. ބަންގްލަދޭޝް މީހުންނާއި ނޭޕާލް މީހުންނަށާއި އެހެން ޤައުމުތަކުގެ މީހުންނަށްވެސް ނުވަދެވި ހަމައެކަނި އިންޑިއާ މީހުންނަށް ހިލޭ ވަދެވުމަކީ އިންޞާފެއް ކަމަށް ނުވާނެ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

އަގަކާއި ނުލައި ބިދޭސީންނަށް ވަދެވޭ ގޮތަށް ސަލްޓަން ޕާކް ހުޅުވާލައިފިނަމަ އެތަނަށް ކުދިން ގޮވައިގެން ވަނުމުގެ ފުރުޞަތު ދިވެހި ޢާއިލާތަކަށް ނުލިބޭނެކަން ދިވެހި ބައެއް ޢާއިލާތަކުން މިހާރުވެސް ދަނީ ފާހަގަކުރަމުންނެވެ. ބަނަދު ދުވަސްތަކުގައި ކުދިން ގޮވައިގެން ޖުމްހޫރީ މައިދާނަށް ދިއުމުގައި މިހާރުވެސް ދަތިތައް އެބަހުރިކަން ގިނަ ޢާއިލާތަކުން ގެންދަނީ ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން