ހުޅުމާލޭގައި ހުންނަ ފިޔަވަތިން 7 ކުއްޖަކު ފިލުމުން ފުލުހުން ހޯދައިދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ހުޅުމާލޭގައި ހުންނަ ފިޔަވަތިން 7 ކުއްޖަކު ފިލުމުން ފުލުހުން ހޯދައިދީފި

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށުން ހުޅުމާލޭގައި ކުޑަކުދިން ބަލަހައްތާ ފިޔަވަތިން މިއަދު ހެނދުނު ފިލި 7 ކުއްޖަކު ފުލުހުން ހޯދައި އަނބުރައި އެތަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެކުދިން ފެނިފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލު ކައިރީގައި ފެންސަކަށް އަރައި ތިއްބައެވެ. 

ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް ވަނީ މިކަން ހިނގިކަން ކަށަވަރުކޮށްދީފައެވެ. ޖެންޑަރ މިނިސްޓްރީގެ ބަހެއް މުހިންމު ވަނީ މިބާވަތުގެ ކަންކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިބާވަތުގެ ކަންކަމުގެ ޚަބަރު ޝާއިއުކުރުމުން އެއީ ސަރުކާރު ބަދުނާމުކުރަން ލިޔާ ޚަބަރުތައް ކަމަށް ބައެއް ފަހަރު ޖެންޑަރ މިނިސްޓްރީން ހާމަކުރާތީއެވެ. 

ދާދިފަހުން ވެސް ވަނީ ފިޔަވަތި ފާރުމައްޗަށް ކުދިންތަކެއް އަރައިގެން އުޅޭ ފޮޓޯތަކާއި ވީޑިއޯތައް ޢާންމުވެފައެވެ. 

ފިޔަވަތީގައި ފަހަކަށް އައިސް ހިނގަމުންދާ ކަންކަމަށްބަލާއިރު އެތަން ބެލެހެއްޓުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން