ޤާސިމް އިބްރާހީމް، އަޟްޙާ ޢީދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޤާސިމް އިބްރާހީމް، އަޟްޙާ ޢީދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައިފި

"ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ، ޖުމްހޫރީ ޕާޓީގެ ހުރިހާ މެންބަރުންނަށާއި އަދި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. 

އަޟްޙާ ޢީދަކީ އެންމެހައި ލޮބުވެތި ދިވެހިރައްޔިތުންނަށާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ހުރިހާ މުސްލިމުންނަސް އުފާ ފާގަތި ޢީދެއް ކަމުގައި މިންވަރުކުރެއްވެވުން އެދި ﷲ ތައާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

އަދި ރާއްޖެއިން ޙައްޖަށް ވަޑައިގެންނެވި ހުރިހާ ޙާޖީންނަށާއި ދުނިޔޭގެ ކަންކޮޅުތަކުން ޙައްޖަށް ވަޑައިގެން ތިއްބެވި ހުރިހާ ޙާޖީންނަށް މަބްރޫރް ޙައްޖެއް މިންވަރު ކުރެއްވެވުން އެދިވެސް ދުޢާ ދަންނަވަމެވެ. 

އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށާއި ދުނިޔޭގެ ހުރިހާ މުސްލިމުންނަށް އަމާންކަމާއި އުފާ ފާގަތިކަން މިންވަރުފުޅު ކޮށްދެއްވެވުން އެދިވެސް ދުޢާ ދަންނަވަމެވެ."

 

- ޤާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު

 

މިއަދު އޮންލައިން