އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ޢާއިލާއަށް، ޤާސިމް އިބްރާހީމް އަރިސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ޢާއިލާއަށް، ޤާސިމް އިބްރާހީމް އަރިސް ކުރައްވައިފި

"ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށާއި ޢާއިލާއަށް އަރިސްކުރަމެވެ. 

އަޟްޙާ ޢީދަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ޢާއިލާއަށް ހުރިހާ ގޮތަކުންވެސް އުފާ ފާގަތި ޢީދެއްކަމުގައި މިންވަރު ކޮށްދެއްވެވުން އެދި ދުޢާ ދަންނަވަމެވެ. ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަމާއި އުފާ ފާގަތިކަން ހޯއްދަވައި ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ މިންނަތް މަސައްކަތްޕުޅުތަކުގައި ބަރަކާތް ލެއްވެވުން އެދި ވެސް ދުޢާ ދަންނަވަމެވެ." 

- ޤާސިމް އިބްރާހީމް

ޗެއާމަން/ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ/ވިލާ ގްރޫޕް

މިއަދު އޮންލައިން