ގަވާއިދާ ހިލާފުވެގެން 9 ޓެކްސީ އަކަށް ފިޔަވަޅު އަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ގަވާއިދާ ހިލާފުވެގެން 9 ޓެކްސީ އަކަށް ފިޔަވަޅު އަޅައިފި

ޓެކްސީ ކުރުމުގެ ގަވައިދާ ހިލާފުވެގެން، މާލޭގައި މިދިޔަ ހަފުތާގެ ތެރޭގައި 9 ޓެކްސީއަކާ މެދު ފިޔަވަޅު އަޅައިފި އެވެ.

މިކަންހާމަވެފައިވަނީ ފުލުހުން ރޭ އާއްމު ކުރި މިދިޔަ ހަފުތާގެ ތަފާސް ހިސާބުތަކުންނެވެ.

މިދިޔަ ހަފްތާގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގު އިއުލާނު ކޮށްފައެވެ. 

އެހެންނަމަވެސް ފިޔަވަޅު އެޅި ނުވަ ޓެކްސީ އަކީ، ބޮޑުއަގުގައި ދަތުރުކޮށްގެން ނުވަތަ ގަވާއިދާ ކޮން ގޮތަކަށް ހިލާފުވެގެން ފިޔަވަޅު އެޅި ޓެކްސީތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އާ އުސޫލަށް އަމަލު ކުރަން ފެށިތާ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި އަގު ބޮޑުކޮށް ދަތުރުކޮށްގެން ހަ އުޅަނދެއް ވަނީ ޖޫރިމަނާކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވަނީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 25 ރުފިޔާ، މާލެ އާއި ހުޅުމާލޭގެ ދަތުރުތަކަށް 75 ރުފިޔާ ނެގޭއިރު މާލެ އާއި ހުޅުލޭގެ ދަތުރުތަަކަށް ނެގޭނެ އެންމެ ބޮޑު އަދަދަކީ 65 ރުފިޔާ ކަމަށެވެ. 

 

 

މިއަދު އޮންލައިން