މާފުށީ ޖަލަށް އެތެރެކުރަން އުޅުޅު 21 ފޯނު ފުލުހުން އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 24ސ
މާފުށީ ޖަލަށް އެތެރެކުރަން އުޅުޅު 21 ފޯނު ފުލުހުން އަތުލައިގެންފި

ކ. މާފުށީ ޖަލަށް އެތެރެކުރަން އުޅުޅު 21 ފޯނު ފުލުހުން އަތުލައިގެންފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިތަކެތި ހޯދީ ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެރޭ 20:20 އެހާކަންހާއިރު، މާފުށީ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރުންނާއެކު މާފުށި ޖަލު ހުޅަނގުފަރާތު ފެންސްކައިރި ބަލައިފާސްކުރިއިރު އެފެންސް ކައިރިން ކަމަށެވެ.

ބަލައިފާސްކުރުމުގެ ތެރޭގައި ފެނިފައިވަނީ 21 ފޯނާއި 11 ފޯނު ޗާޖަރާއި 6 ހެޑްސެޓެވެ.

މިމައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިއަދު އޮންލައިން