ކ. މާފުށީ ޖަލަށް އެތެރެކުރަން އުޅުޅު 21 ފޯނު ފުލުހުން އަތުލައިގެންފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިތަކެތި ހޯދީ ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެރޭ 20:20 އެހާކަންހާއިރު، މާފުށީ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރުންނާއެކު މާފުށި ޖަލު ހުޅަނގުފަރާތު ފެންސްކައިރި ބަލައިފާސްކުރިއިރު އެފެންސް ކައިރިން ކަމަށެވެ.
ބަލައިފާސްކުރުމުގެ ތެރޭގައި ފެނިފައިވަނީ 21 ފޯނާއި 11 ފޯނު ޗާޖަރާއި 6 ހެޑްސެޓެވެ.
މިމައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.