ދަރަވަންދުއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާ ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 42ސ
ދަރަވަންދުއަށް ވައިގެ މަގުން  މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާ ހައްޔަރުކޮށްފި

ދަރަވަންދުއަށް ވައިގެ މަގުން  މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާ ހައްޔަރުކޮށްފިއެވެ.

ވައިގެ މަގުން ދަރަވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮގަސްޓް 13 ވަނަ ދުވަހުގެ 10:30 އެހާކަންހާއިރު ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދަރަވަންދޫ އެއަރޕޯޓުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މިއަދު އޮންލައިން