ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ ސައިކަލަކަށް ގެއްލުން ދީން މީހަކު އދ. މަހިބަދޫން ރޭ ހައްޔަރުކޮށްފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ ފުލުހުންނަށް އިންޒާރުދީ، ސައިކަލަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.
މައުޅޫމާތުލިބިފައިވާގޮތުގައި މިމީހާ ހައްޔަރުކުރީ ސީސީޓީވީ ފުޓޭޖް ބަލައިގެނެވެ.