ހަ ކިލޯގެ މަސްތުވާތަކެއްޗާއެކީ ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް އަނެއްކާވެސް ފަނަރަ ދުވަސް ޖަހައިފި!

ކިޔުމަށް ހޭދަވާނީ 1މ 2ސ
ހަ ކިލޯގެ މަސްތުވާތަކެއްޗާއެކީ ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް އަނެއްކާވެސް ފަނަރަ ދުވަސް ޖަހައިފި!

މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ހަ ކިލޯގެ މަސްތުވާތަކެއްޗާއެކީ ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ.

 

ކްރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައި ވަނީ އެމީހުންގެ ބަންދަށް މީގެ ކުރިން ކޯޓުން ޖަހައިދިން 15 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

 

މަސްތުވާތަކެތީގެ ރިކޯޑް އޮތް މިމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަޕަރ ނޯތު ޑިވިޝަނުން ހިންގި އޮޕަރޭޝަނަކުންނެވެ.

 

މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ/ފިނަފަރު އަބްދުﷲ އިބްރާހިމް އާއި، ސ. ހިތަދޫ/ހުދުވެލި އަލީ ޙަސަން އާއި، ސ.ހިތަދޫ/ޕޫލްބަހާރު މުޙައްމަދު ފައިސަލް ގެ އިތުރުން، ހއ. ހޯރަފުށި/ރަންމުލި އަޙަމަދު ރައޫފް އާއި އެރަށު އާރޯ އަހްމަދު މަމްދޫހް އެވެ.

 

އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ އެމީހުން ކޮނޑިގައި އަޅުވައިގެން ތިބި ދަބަސްތަކަކުންނެވެ. އެތަކެއްޗަކީ އޭގެން އެކަކުގެ އެއްޗެހިތަކެއް ކަމަށް ބުނެ، ބަންދުގެ މަޖިލިހަށް ހާޒިރުކުރިއިރު، އޭގެން އެކަކު ދެން ތިބި މީހުން ސަލާމަތް ކުރަން އުޅުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން