އިންޑިއާ ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާއިދާތީ ޑރ. ޝަހީމް ކަންބޮޑުވުން ފައުޅުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އިންޑިއާ ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާއިދާތީ ޑރ. ޝަހީމް ކަންބޮޑުވުން ފައުޅުކުރައްވައިފި

ކަޝްމީރުގެ މިއަދުގެ ޙާލަތާއިމެދު އިސްލާމީ ދުނިޔެއިން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ)ގެ ސެކެޓްރީ ޖެނެރަލްގެ ސްޕެޝަލް އެޑްވައިޒަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ކަޝްމީރުގެ މަގެއް މައްޗަށް 10 ވަރަކަށް މީހުން ނުކުތް ނަމަވެސް އެމީހުންގެ ބައަށް ސިފައިން ބަޑިޖަހާ ވީޑިއޯތައް ކޮންމެ ދުވަހަކު ދަނީ ޢާންމުވަމުންނެވެ. ބޭރުގައި ޕްލާސްޓިކް ލީ ދަގަނޑުވަޒަންތައް ޖަހައި ރައްޔިތުންނަށް ގެންދަނީ އަނިޔާކުރަމުންކަން ދުނިޔޭގެ ނިޔުސް އެޖެންސީތަކުން ގެންދަނީ ހާމަކުރަމުންނެވެ.

ޑޜ. ޝަހީމް ވިދާޅުވީ ކަޝްމީރުގެ މައްސަލައަށް ޞުލކްޙަވެރި ޙައްލެއް ގެނައުމަށް އިންޑިއާއިން ޙިކުމަތްތެރިކަމާއިއެކު މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސަރަހައްދުގަ ޞުލްޙަ ޤާއިމުކުރަން އިންޑިއާއިން ކުރާ މަސައްކަތް ރަނގަޅު ގޮތުގައި ކުރަމުން ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޑރ. ޝްހީމް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން