ކޯޓަށް ޙާޟިރުކުރުމަށް ޝަފާޒް ހޯދަނީ

ކިޔުމަށް ހޭދަވާނީ 40ސ
ކޯޓަށް ޙާޟިރުކުރުމަށް ޝަފާޒް ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހާ ހޯދަން ފަށައިފިއެވެ.

މި އަމުރާ ގުޅިގެން ހޯދަނީ ފ. ނިލަންދޫ، އަސަރީގެ، އަޙްމަދު ޝަފާޒް (34އ) އެވެ.

އަޙްމަދު ޝަފާޒް ހޯދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 19 ވަނަ ދުވަހުގެ 11:30 އަށް ސިވިލް ކޯޓަށް ޙާޟިރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

 އަޙްމަދު ޝަފާޒްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށްއެދެއެވެ. 

މިއަދު އޮންލައިން