އައިޖީއެމްއެޗްގައި ހައްޖުވެރިންނަށް ޚާއްޞަކޮށްގެން ކްލިނިކެއް ހުޅުވައިފި އެވެ.
އައިޖީއެމްއެޗުން ބުނީ މިކްލިނިކް ހިންގާނީ ކޮންމެއާދީއްތަ، ހޯމަ، އަނގާރަ، ބުދަ، ބުރާސްފަތި 5 ދުވަހުގެ މެންދުރު ފަހު 2.00 އިން ރޭގަނޑު 10.00އަށް ކަމަށެވެ. އަދި ހައްޖުވެރިންނަށް ފަސޭހަކަމާއިއެކު މި ކްލިނިކުން ޑޮކްޓަރަށް ދެއްކޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މިދުވަސްކޮޅަކީ ރާއްޖޭގެ ގިން ރަށްތަކެއްގައި އާދައާއި ޚިލާފަށް ބަލިތައް ގިނަ ދުވަސްކޯލެއްކަން ފާހަގަކުރެވެއެވެ.