އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފި

އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅުނު 18 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިރޭ 07:30 ހާއިރު މަޖީދީމަގު ލަގްޒަރީ ފިހާރަ ކައިރިން ބިދޭސީ އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއްކަމަށެވެ. އަދި މިމީހާ އަތުލައިގަތީ އެވަގުތު ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޑިއުޓީ އޮފިސަރެއް ކަަމަށްވެސް ފުލުހުންވަނީ ބުންނެފައެވެ.

ފޭރުނު ފައިސާތައް އޭގެ ވެރިފަރާތާ ހަވާލުކޮށް މިމައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

މިއަދު އޮންލައިން