މިނިސްޓްރީ އޮފް ޓޫރިޒަމްގެ މުވައްޒަފުން މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ކިޔުމަށް ހޭދަވާނީ 35ސ
މިނިސްޓްރީ އޮފް ޓޫރިޒަމްގެ މުވައްޒަފުން މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

މިނިސްޓްރީ އޮފް ޓޫރިޒަމްގެ މުވައްޒަފުން މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކޮމިޝަނުގެ ފަރާތުން ކުރިޔަށް ގެންގޮސްފިއެވެ. އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ އިދާރާގެ 35 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި މާލިއްޔަތު ގަވާއިދުގެ ގިނަ ބައިތަކަކާބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެވުނެވެ. ޖުމްލަ 02 ގަޑިއިރުގެ މި ތަމްރީނު ޕްރޮގްރާމުގައި މާލިއްޔަތު ގަވާއިދުގެ ޕްރޮކިއުމަންޓް ބަޔާބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް މަޢުލޫމާތު ދީފައިވެއެވެ.

 މި ޕްރޮގްރާމް ހުށަހަޅާދީފައިވަނީ ކޮމިޝަނުގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މިއަދު އޮންލައިން