މުޙައްމަދު ބާޤިރު ކޯޓަށް ޙާޟިރުކުރުމަށް ހޯދަނީ

ކިޔުމަށް ހޭދަވާނީ 42ސ
މުޙައްމަދު ބާޤިރު ކޯޓަށް ޙާޟިރުކުރުމަށް  ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާތީ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެމީހާ ހޯދަނީއެވެ. 

މި އަމުރާ ގުޅިގެން ހޯދަނީ މާލެ، ވ.ރާހި، މުޙައްމަދު ބާޤިރު (48އ) އެވެ.

މުޙައްމަދު ބާޤިރު ހޯދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 25 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ  މުޙައްމަދު ބާޤިރު އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ. 

މިއަދު އޮންލައިން