ތިން މީހަކު މާލެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިން މީހަކު މާލެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

 ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ތިން މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެކެވެ. މި ތިންމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި ތިން މީހުންގެ ތެރެއިން 25 އަހަރުގެ މީހާއާއި 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 20:12 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ.

ސައިކަލެއްގައި ދަނިކޮށް މާލޭ މަގުމަތިން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ހުރި ފަސް ބުލެޓު ފެނިފައިވެއެވެ. އަދި އެތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވަތާކެތި ހުރި ސެލޯފިން ކޮޅަކާއި މަސްތުވާތަކެތި ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

18 އަހަރުގެ މީހާ ހައްޔަރުކުރީ މާފުށި ޖަލަށް މަސްތުވާތަކެތި ގެންދަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިއްޔެ 11:05 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ. މާލޭ މަގުމަތިން  އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ހުރި ފުއްޕާހަމެއް ފެނިފައިވެއެވެ.

މިއަދު އޮންލައިން