ރައީސް ޔާމީންގެ ޝަރީޢަތް: ދައުލަތުން ވަނީ އައު ލިޔުންތަކެއް ކޯޓަށް ހުށަހަޅާފަ!

ކިޔުމަށް ހޭދަވާނީ 1މ 30ސ
ރައީސް ޔާމީންގެ ޝަރީޢަތް: ދައުލަތުން ވަނީ އައު ލިޔުންތަކެއް ކޯޓަށް ހުށަހަޅާފަ!

10:31: ދިފާއީ ވަކީލުން މުއައްވިޒާއި ސުވާލުތައް އަމާޒުކުރަނީ އޭސީސީން ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާގައި ބައިވެރިވި ހުރިހާ މެމްބަރުން ސޮއިކޮށްފައި ނުވަނީ ކީއްވެތޯ ސާފު ކުރަން

 

10:34: ޣާޒީ ހައިލަމް ކިބައިން ރައީސް ޔާމީން އެދިވަޑައިގެންނެވީ މުއައްވިޒާ ސުވާލު ކުރެއްވުމަށް އެކަށީގެންވާ ވަގުތު ދެއްވުމަށް! ޔާމީން ވިދާޅުވީ މުޅި ދައުވާ ބިނާވަނީ އެ ހެކިވެރިޔާގެ ހެކި ބަހުގެ މައްޗަށް ކަމަށް

 

10:36: ފަނޑިޔާރު އަހްމަދު ހައިލަމް ދައުލަތަށް ވެސް އަދި ދިފާއީ ވަކީލުންނަށް ވެސް މުއައްވިޒާ ސުވާލު ކުރެއްވުމަށް ދެއްވީ 30 މިނެޓު

 

10:39: މިއަދުގެ އަޑުއެހުމަށް ދައުލަތުން ވަނީ އައު ލިޔުންތަކެއް ހުށަހަޅާފަ. އެއީ އޭސީސީން ބޭއްވި ބައްދަލުވުންތަކެއްގެ ޔައުމިއްޔާ ކަމަށް ދައުލަތުގެ ވަކީލާ މައުލޫމާތު ދެއްވި

 

10:41: ތަހުގީގީ ކޮމިޓީއަކުން ރިޕޯޓު ތައްޔާރު ކުރުމަށް ފަހު ކޮމިޝަނަށް ހުށަހެޅުމުން، އެއާމެދު ކޮމިޝަން މެމްބަރުންގެ މެދުގައި ވޯޓަކަށް އަހާ ކަމަށް މުއައްވިޒު ވިދާޅުވި. އޭސީސީން ރިޕޯޓުތައް އެކުލަވާލުމުގައި އަމަލު ކުރާ އިޖުރާއަތުތައް މުއައްވިޒު ވަނީ ކިޔައިދެއްވާފައި

 

10:42: ދިފާއީ ވަކީލުން މުއައްވިޒާ ސުވާލުކުރަމުން ގެންދާއިރު، މައްސަލައިގެ ބޭރުން ސުވާލުކުރަމުންދާ ކަމަށް ދައުލަތުގެ ވަކީލުން ދަނީ ފާހަގަ ކުރައްވަމުން.

 

10:49: ޔާމީނުގެ އެކައުންޓަށް އެސްއޯއެފުގެ ފައިސާތަކެއް ވަތް މައްސަލާގައި ބޭއްވި ކޮމިޝަނުގެ ދެ ބައްދަލުވުމުގައި ހަތަރު މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް މުއައްވިޒު ވިދާޅުވި. ހަތަރު މެމްބަރުން ވެސް ވޯޓު ދެއްވީ ތަހުގީގީ ރިޕޯޓެއް އެކުލަވާލަން ކަމަށާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ބައެއް މެމްބަރުން ސޮއިކޮށްފައި ނުވުން އެކަށީގެންވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި.

 

10:52: އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ސޮއިކުރައްވާފައި ނުވަނީ އޭގެ ފަހުން ޗުއްޓީގައި ހުންނެވުމުން ކަމަށް ވެސް މުއައްވިޒު ވިދާޅުވި

 

 

މިއަދު އޮންލައިން