10:56: ޔާމީނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުގެ ކުރިން އެސްއޯއެފުން އެކި މުއާމަލާތްތައް ކުރި ކަމަށާއި އެ ފައިސާ ޔާމީނުގެ އެކައުންޓަށް ޖަމާ ކުރުމުގެ ކުރިން ވެސް އެސްއޯއެފް އެކައުންޓުގައި 800،000 ޑޮލަރު ހުރި ކަމަށް މުއައްވިޒު ވިދާޅުވި
10:58: ދިފާއީ ވަކީލުންނަށްފަހު އޭސީސީގެ ރައީސް މުއައްވިޒް އާއި ރައީސް ޔާމީން ސުވާލު ކުރެއްވި
10:59: މައްސަލައިގައި ހުރި ހަމަނުޖެހޭ ކަންކަން ފާހަގަކުރަން ބޭނުންވާ ކަމަށް ރައީސް ޔާމީން ވިދާޅުވި، ޔާމީން ވިދާޅުވީ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ މޭ މަހުގައި ކަމަށް ވާއިރު، ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް ނެރުނީ ޑިސެމްބަރު ގައި ކަމަށް، އޭގެ ކުރިން ޝައްކު އުފެދިފައި ނުވޭތޯ ވެސް އެމަނިކުފާނު ސުވާލުކުރެއްވި
11:15: ޔާމީނުގެ ސުވާލުތަކާ މެދު ދައުލަތުން އިއުތިރާޒު ކުރުމުން، އެކި ގޮތްގޮތަށް ސުވާލުކުރަމުން ދަނީ ހެކިވެރިޔާގެ ތެދުވެރިކަން ކަށަވަރު ކުރުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި
11:16: މުއައްވިޒް ގެ ހެކިބަސް ނަގާ ނިމިއްޖެ. ދެވަނަ ހެކިވެރިއެއްގެ ގޮތުގައި މިއަދު ދައުލަތުން ހުށަހަޅާފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު
11:24: 11:00 އަށް އަދީބު ހާޒިރު ކުރުމަށް އަންގާފައިވާއިރު އަދިވެސް އަދީބު ކޯޓަށް ހާޒިރު ނުކުރައްވާތީ ޣާޒީ ހައިލަމް ވަނީ މިއަދުގެ އަޑުއެހުން މިވަގުތު މެދުކަނޑާލައްވަވާފަ!