ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގައި، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިއެއް ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫފް، ހެކިބަސް ދެއްވުމަށް މިއަދުގެ ޝަރީޢަތުގެ މަޖިލިހަށް ހާޒިރުވެ ވަޑައިގެންފިއެވެ.
11:40: ދައުލަތުގެ ވަކީލު އަދީބާއި ސުވާލު ކުރައްވަނީ
11:41: އަދީބު ވިދާޅުވީ އަދީބު ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ޖެހެނީ ފަންޑު ރެއިޒް ކުރަން ކަމަށް. ފައިސާ ހޯދަނީ އިންތިހާބު ގާތްވުމުން ހެޔޮ އެދޭ ފަރާތްތަކުގެ އަތުން ކަމަށް، މީހެއްގެ އަތުން އެންމެ ގިނަވެގެން ވެސް ލިބެނީ ލައްކައެއް ދެލައްކެއެއްހާ ރުފިޔާ ކަމަށް އަދީބު ވިދާޅުވި
11:46: އެމްއެމްޕީއާރްސީ ފައިސާގެ ކަންކަމުގަ ރައީސް ޔާމީން އަޅުގަނޑަށް ވަރަށް ގުޅުއްވި، އެކަމަކު ކެމްޕެއިން ފައިސާގެ ކަންކަމުގަ އަޅުގަނޑަކަށް ނުގުއްވާ! އެމްއެމްޕީއާރްސީގެ ފައިސާގެ ކަންތަކުގަ 2015 ގައި ވެސް ރައިސް ޔާމީން ވަރަށް ގިނައިން ގުޅުއްވި. ފިނިފެންމާ ލޯންޗް ހާދިސާއަށް ފަހު ވެސް ގުޅުއްވި!: އަދީބު