މާލޭގަ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދިވެހި އަންހެނެ ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
މާލޭގަ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދިވެހި އަންހެނެ ހައްޔަރުކޮށްފި

 ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާފަންނު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓް 20 ވަނަ ދުވަހު 12:45 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި އަންހެނެކެވެ.

މިމީހާ ހައްޔަރުކޮށް މީމީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި  ހުރި ދެ ބުލެޓާއި، މަސްތުވާތަކެތި ހުރި ފުއްޕާހަމަކާއި، މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ހުރި ހަތް ރަބަރު ޕެކެޓާ އަދި މަސްތުވާތަކެތި ހުރި ބިޑިއެއް ފެނިފައިވެއެވެ.

މި މައްސަލާއާ ގުޅިގެން މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މިއަދު އޮންލައިން