ރައީސް ޔާމީންގެ ޝަރީޢަތް: ފުލުހުންނާއި ޕީޖީއާއެކު މަޝްވަރާއެއް ނުކުރަން- ޒިޔަތު

ކިޔުމަށް ހޭދަވާނީ 1މ 28ސ
ރައީސް ޔާމީންގެ ޝަރީޢަތް: ފުލުހުންނާއި ޕީޖީއާއެކު މަޝްވަރާއެއް ނުކުރަން- ޒިޔަތު

15:23: ބަލި ހާލަތު ހުރި ގޮތުން ބަންދަށް ލުޔެއް ދިނުމަށް އެދިފައިވާނެ ކަމަށާއި، މިހާރު ހުރީ ގޭ ބަންދުގައި ކަމަށް ޒިޔަތު ވިދާޅުވި.

 

15:32: ޔާމީނާ ދެކޮޅަށް ބަޔާން ދިނުމުގެ ދެ ތިން ދުވަސް ކުރިން ކަމަށް ގެއަށް ބަދަލު ކުރީ ޒިޔަތު ބުނެފި. ދިފާއީ ވަކީލު އާދަމް އާސިފް ވިދާޅުވީ އެއް ދުވަސް ކުރިން ކަމަށް އޭނާ ގެޔަށް ބަދަލު ކުރީ.

 

15:36: ޒިޔަތު ވިދާޅުވީ އެކި ކުންފުނިތަކާއެކި ވިޔަފާރީގެ މުއާމަލާތްތައް ކުރެވިފައި ވާނެ ކަމަށާއި، އެސްއޯއެފާ އެކު ވިޔަފާރީގެ މުއާމަލާތް ވެސް ކުރެވުނު ކަމަށް، އެގޮތަށް އެއްބަސްވުންތަކެއް ހުންނާނެ ކަމަށް، އެސްއޯއެފާ ކަންކަން ހަވާލުކުރުމުގެ ކުރިން ދިރާސާތައް ހެދިފައި ވާނީ، އެމްއެމްޕީއާރްސީ އާއި އެސްއޯއެފާ ދެމެދު ސައްހަ މުއާމަލާތް ކުރުމުގެ ފުރުސަތު އޮތް.

 

15:38: ކޯޓަށް ވަޑައިގެންނެވީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ޒިޔަތު ވިދާޅުވި، ކަރެކްޝަންސުން ފުލުހުންނާ ހަވާލުކުރުމުން ކޯޓަށް ގެނެސްދިނީ ފުލުހުން ކަމަށް.

 

15:43: ފުލުހުންނާއި ޕީޖީ އާއެކު މަޝްވަރާއެއް ކުރިއަކަށް ނުދޭ، އެކަމަކު ބަޔާން ރިފްރެޝް ކުރަން ފުލުސް އޮފީހަށް ގެންދިޔަ ކަމަށް، ބަޔާނުގައި އޮތް ގޮތަށް ވާހަކަދައްކަން ޕީޖީން ދެންނެވި ކަމަށް ޒިޔަތު ވިދާޅުވި.

 

15:44: 2016 ގައި ބަޔާން ދެއްވިއިރު، އުސޫލާ އެއް ގޮތަށް އަމަލު ކުރެއްވި ކަމަށް ވިދާޅުވެ އޭސީސީއަށް ދެއްވީ ތެދު ބަޔާނެއް ކަމަށް ޒިޔަތު ވިދާޅުވި.

 

15:49: އެމްއެމްޕީއާރްސީގެ ކަންކަން ކުރަންވާ ގޮތް އަންގަނީ ޓޫރިޒަމް މިނިސްޓްރީން، އެމްއެމްޕީއާރްސީގެ ބަޖެޓެއް އޮންނަ ކަމަށާއި، އެކަމަކު އެކުއިޒިޝަން ކޮސްޓުން ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާ ކުންފުނީގެ ބޯޑަށް ނޭނގޭ ކަމަށް.

 

15:50: ރައީސް ޔާމީން ޒިޔަތު އާއި ސުވާލު ކުރައްވަނީ

މިއަދު އޮންލައިން