ނިޔުޒީލަންޑުގެ ޕާލަމެންޓުގަ ބަހުސް ކުރިއަށް ގެންދިއުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް ކުޑަކުއްޖަކަށް ބުއްފުޅި ދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ނިޔުޒީލަންޑުގެ ޕާލަމެންޓުގަ ބަހުސް ކުރިއަށް ގެންދިއުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް ކުޑަކުއްޖަކަށް ބުއްފުޅި ދެއްވައިފި

ނިޔުޒީލަންޑުގެ ޕާލަމެންޓުގައި ބަހުސް ކުރިއަށް ގެންދިއުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް ކުޑަކުއްޖަކަށް ބުއްފުޅި ދެއްވައިފި އެވެ. އެމަނިކުފާނު މަޖިލީހުގެ ރައީސްގެ ރަސްމީ ގޮނޑިކޮޅުގައި އިންނަވައިގެން ބުއްފުޅި ދެއްވީ އަންހެން މެންބަރެއްގެ ތުއްތު ދަރިފުޅަށެވެ. 

މަޖިލީހުގެ ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރައީސްގެ ގޮނޑިކޮޅު ޚާޢްޞަކުރެވެނީ އެގޮނޑީގައި އިށީނދެވަޑައިގަތުމަށް ކަނޑައެޅާ ޚާއްޞަ ބައަކަށް ކަމަށެވެ. ނަމަވެސް އެފުރުޞަތު ޚާއްޞަ މެހްމާނަކު އިއްޔެ ހޯދާފައިވާ ކަމަށެވެ. އަދި އެއީ "ޢާއިލާއަށް އިތުރުވި އެންމެ ހަގު މެންބަރު" ކަމަށެވެ. 

ބުދަ ދުވަހު މަޖިލީހުގެ ރައީސް ފޮޓޯ ޓްވީޓް ކުރެއްވީ އަމިއްލަފުޅަށެވެ. އެ ފޮޓޯއަށް ގިނަ ބައެއްގެ ތަރްޙީބް އަންނަނީ ލިބެމުންނެވެ. 

މިއަދު އޮންލައިން