ސުޕްރީމް ކޯޓުގެ ފަނޑިޔާކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަނެ އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ބޭނުންވާ އިތުރު މީހުންނަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ މި ދެބޭފުޅުން ސުޕްރީމްކޯޓްގެ ފަނޑިޔާރިކަމަށް އައްޔަން ކުރުމަށް ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެކޮމިޝަނުގެ ލަފައަކަށް އެދުމުނުންވެ.
ޖޭއެސްސީން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 12 ޖެހުމުގެ ކުރިން ހުށަހަޅަން އިއުލާންކޮށްފައެވެ. ލިއެކިއުންތައް ހުށަހެޅުމަށް މާދަމާވެސް މެމްދުރުފަހު 14:00 އިން 16:00 އަށް ޖޭއެސްސީ ހުޅުވިފައި ހުންނާނެ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.