ޓެކްސީއެއްގައި ބެހެއްޓުނު އެއްލައްކަ ރުފިޔާ ފުލުހުން މިއަދު ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިކަމާ ގުޅޭ ރިޕޯޓު ފުލުހުންނަށް މިއަދު ހަވީރު 16:20 ހާއިރު ލިބިފައިވާއިރު މިމައްސަލަ ސީރިއަސް އެންޑް އޯގައިނައިޒް ކްރައިމް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން މިފައިސާތައް ހޯދާފައިވާ ކަމަށެވެ.
މިފައިސާތައް ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖްގެ އެހީގައި އެ ޓެކްސީ ހޯދައިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.