ކޯޓަށް ޙާޟިރުކުރުމަށް ދެމީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 1މ
ކޯޓަށް ޙާޟިރުކުރުމަށް ދެމީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހުން ހޯދަންފަށައިފިއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަނީ މ. ކޮރެނެޓްޕީކް، ސައިފް އިބްރާހިމް (29އ) އާއި ގ. ފެންބޯހުރާ ، ނިވާން އަޙްމަދު (31އ) އެވެ.

ސައިފް އިބްރާހިމް ހޯދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 27 ވަނަ ދުވަހުގެ 11:15  އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ނިވާން އަޙްމަދު ހޯދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 27 ވަނަ ދުވަހުގެ 09:45  އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

 މިދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.

މިއަދު އޮންލައިން