ތިނަދޫގެ ފަޅު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފިއެވެ.
ތިނަދޫ ފަޅު ގެއެއްގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އޮގަސްޓް 22 ވަނަ ދުވަހުގެ 17:35 އެހާކަންހާއިރު ހިންގި މިއޮޕަރޭޝަންގެ ތެރެއިން ތިނަދޫގެ ފަޅުގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެެވެ.