ކުޑަހުވަދޫ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކުރީ ރިސޯޓަކުން ފުރައިގެން ކުޑަހުވަދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮގަސްޓް 24 ވަނަ ދުވަހު 15:43 އެހާކަންހާއިރު ލޯންޗު ކުޑަހުވަދޫ ބަނދަރާއި ގާތްކުރުމުން ލޯންޗު ތެރެއިންނެވެ.
މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިހުރި ސެލޯފިން ކޮޅެއްފެނިފައިވެއެވެ.