ފުވައްމުލަކު ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 58ސ
ފުވައްމުލަކު ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފި

ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް އާންމު އިޖްތިމާޢީ މައްސަލަތަކާއި  ޤާނޫނުތަކާ ގުޅުންހުރި މަޢުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުވައްމުލަކު ސްކޫލުން އިސްނަގައިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ގުޅިގެން އޮގަސްޓް 22 ވަނަ ދުވަހު ފުވައްމުލަކު ސްކޫލްގައި ކުރިއަށްގެންދިޔަ މި ސެޝަންގައި ގާނޫނަކީ ކޮބައިކަމާއި ގާނޫނު ހެދުމުގެ މުހިންމުކަމާއި މުޖްތަމަޢުގައި ހިންގާ ކުށްތަކާއި އެކުށްތަކުގައި އުޅޭ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތަކާއި އެމައްސަލަތަކުން އެކުދިން ރައްކާތެރި މާހައުލަކަށް ގެނެވިދާނޭގޮތްތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ކުށުގެ ވެއްޓެއްގައި އުޅޭކުއްޖަކު ފެނިޖެނަމަ އަމަލުކުރާނޭގޮތާއި ކުށުގެ ވެށިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނޭ ކަންތައްތަކާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް ޓީމްތަކަކަށް ބަހާލައިގެން ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާދީފައިވެއެވެ. އަދި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޤާނޫނުގެ ބައިތަކާއި މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުންވެސް ދަރިވަރުުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 07 އަދި ގްރޭޑް 08 ގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން