ހުޅުމީދޫ ޝަމްސުއްދީން ސްކޫލްގެ ލިޓްލް މެއިޑުންނާއި ކަބް ސްކައުޓުންނަށް ފަތަން ދަސްކޮށްދިނުުގެ ޕްރޮގްރާމެއް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންގެ މުވައްޒިފުން ފަށައިފިއެވެ.
އޮގަސްޓް 23 ވަނަ ދުވަހުންފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި، މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މޫދުގައި އުޅޭއިރު ދިމާވާ ހާދިސާތަކުގައި އަމަލުކުރަންވީގޮތާއި ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމަކީ ހުޅުމީދޫ ޝަމްސުއްދީން ސްކޫލުގެ އެދުމުން ޖުމްލަ 30 ދަރިވަރުންނާއެކު ފުލުހުން ކުރިއަށް ގެންގޮސްދޭ ޕްރޮގްރާމެކެވެ.