ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނުން އެރަށު ސްކޫލަށް ޒިޔާރަތްކޮށް، އެ ސްކޫލްގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް މަޢުލޫމާތު ހޯދުމަށް ޒިޔާރަތް ކޮށްފިއެވެ.
ގެމަނަފުށި ސްކޫލްގެ އެދުމުގެ މަތިން އޮގަސްޓް 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ފުލުހުންގެ ދައުރާއި ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދަރިވަރުންގެ އުުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ފުލުހުން ބޭނުންކުރާ ޔުނިފޯމްތަކާއި އެކި އޮޕަރޭޝަންސްތަކުގައި ފުލުހުން ބޭނުންކުރާ ބައެއްތަކެތި ދައްކާލައި އެތަކެއްޗާ ގުޅޭގޮތުންވެސް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ރިވެތި އަދަބުތަކާއި ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމާއި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތު ވެސް ދީފައިވެއެވެ.