މިހާރު ރާއްޖޭގައި އޮތް މައި ދީނީ ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީ އިން ހުށަހަޅާ ކަންތައްތަކަށް އަދާލަތު ޕާޓީން ތާއީދު ކުރަމުން ގެންދިއުމުން އެކަމުގެ ހެއްކަކަށް ފުދޭ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު ދޮންބިލަތް އަޙްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.
އަޙްމަދު ޙަލީމް ވިދާޅުވީ އެމްޑީޕީ އަކީ ލާދީނީ ޕާޓީއެއް ކަމަށް ރައްޔިތުން ކުރިން ބުނަމުން އައި ނަމަވެސް ރައްޔިތުންގެ އެ ވިސްނުން މިހާރު ވަނީ ބަދަލުވެފައި ކަމަށާއި ދިނީ ޕާޓީއަކީ އެމްޑީޕީކަން ރައްޔިތުންނަށް މިހާރު އެނގޭ ކަމަށެވެ.
އަހްމަދު ޙަލީމް ވަނީ ބޮޑު ތަރުތީބަށް ހަޖޫ ޖައްސަވައިފައެވެ. "އަޅުގަނޑޫ ބަލައިލިއިރު ބޮޑުތަރުތީބުގައި ޢީދު ނަމާދަށް ދިއުން ހުއްދަ ދީފައި އޮތީ ރީތި އަންހެނުންނަށް. ރީތި ނޫންއަންހެނުން ޢީދު ނަމާދަށް ދިއުން ބޮޑުތަރުތީބުގަ އޮތީ މަނާކޮށްފަ. މާފަހުން މިއެނގުނީ މިއީ އެހެން އޮތް ކަމެއް ނޫންކަން."