ތޭރަވަނަ އިންޓަރނޭޝަނަލް ސްކީމާ ކޮންފަރެންސްގައި ފުލުހުން ބައިވެރިވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 17ސ
ތޭރަވަނަ އިންޓަރނޭޝަނަލް ސްކީމާ ކޮންފަރެންސްގައި ފުލުހުން ބައިވެރިވެއްޖެ

13 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޮފްޓްވެއަރ، ނޮލެޖް، އިންފޮރމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް (ސްކީމާ 2019) ގައި ފުލުހުން ބައިވެރިވެއްޖެއެވެ.

މިއަދުން ފެށިގެން މިމަހު 28 އަށް އއ. އުކުޅަހުގައި ކުރިއަށްގެންދާ މިކޮންފަރެންސްގައި އެޕްލައިޑް އާޓިފިޝަން އިންޓެލިޖެންސް ވޯކްޝޮޕް (އޭ.އައި ވޯކްޝޮޕް) ވެސް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.އަދި މިކޮންފަރެންސްގެ ތެރެއިން، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2019-2024 ގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަން ޕްރޮޖެކްޓްގެ ދަށުން ސައިންސް އެންޑް ޓެކްނޮލޮޖީގެ އަލީގައި، ކުށްކުރުން މަދުކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ހަސަން އުގެއިލާއެކު ޚާއްސަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަަމަޖެހިފައެވެ.

މީގެއިތުރުން ފުލުހުން ޓެކްނޮލޮޖީ ދާއިރާގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާއިން ފުލުހުން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ދައްކާލާނެއެވެ.

އިންޓަރނޭޝަނަލް ސްކީމާ ކޮންފަރެންސަކީ 2006 ވަނަ އަހަރުން ފެށިގެން ތަފާތު ޤައުމުތަކުގައި ބާއްވަމުންއަންނަ ކޮންފަރެންސެކެވެ. މިކޮންފަރެންސަކީ ތަފާތު ޤައުމުތަކުގެ މިދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާކޮށް ބައިވެރިންގެ މެދުގައި ޚިޔާލުބަދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދާ ކޮންފަރެންސެކެވެ

މިއަދު އޮންލައިން