ފޮނަދޫ ވަލުތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިތަކެތި ހޯދާފައިވަނީ ފޮނަދޫ ވަލުތެރޭގައި ބަނގުރާ ކައްކަމުންދާކަމަށް އޯގަސްޓް 24 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގެ ވަލުތެރެ ބަލައިފާސްކޮށެވެ. ވަލުތެރެ ބަލައިފާސްކުރިއިރު އެތަނުން އުނދުނާއި ދެ ގޭސް ފުޅީގެ އިތުރުން ކުކިން އޮއިލް ހުސްކުރި ހަންތަކެއް ފެނިފައިވެއެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.